ޚަބަރު

ޖަޒީރާވަންތަ ސިފަތަކޭ ކިޔައިގެން ވޯޓު ހޯދަން ވީމަ އަތޮޅު ތެރޭ ރައްޔިތުން ވެސް ރަނގަޅު: ނިމާލް

ދެން އެމްވީ ، ދެން އޮންލައިން

އެމްޑީޕީން ޖަޒީރާވަންތަ ސިފަތަކޭ ކިޔައިގެން ރައްޔިތުންގެ ވޯޓު ހޯދަން ވީމާ އަތޮޅު ތެރޭގެ ރައްޔިތުންގެ ވެސް ރަނގަޅު ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މާލެ އަތޮޅުގެ ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިމާލް މިހެން ވިދާޅުވެފައި މިވަނީ މާލެއަށް ދިމާވެފައި ވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލު ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އިއްޔެ ރޭ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައެވެ.

ނިމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ، ރާއްޖެތެރެ އެއް ނޯންނާނެ ކަމަށާއި މިއީ އެއްބަހަކުން ވާހަކަ ދައްކާ، އެއް ދީނަކަށް ތަބާވާ ބައެއް ކަމަށެވެ.

"...މިއީ އެއް ނަސްލަކުން އައިސްފައިވާ އެއް ގައުމިއްޔަތުގެ ބައެއް، ދިވެހިންނަކީ އެއް އާއިލާއެއް، ޖަޒީރާވަންތަ ސިފަތަކޭ ކިޔައިގެން ރައްޔިތުންގެ ވޯޓު ހޯދަން ހަމަ ރަނގަޅު. މިހާރު ވެސް ގައުމު ފަސާދަކުރެވުނި ވަރު ކުޑައީތޯ؟" ނިމާލް ވިދާޅުވިއެވެ.

ނިމާލްގެ އިތުރުން ވެސް ގިނަ ސިޔާސީ ބޭފުޅުން އަންނަނީ އަނދުން ހުސެއިން ދެއްކެވި ވާހަކަ އަށް ފާޑުވިދާޅުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!