ޚަބަރު

ހިޔާގެ ދެ ކުދިން ރިހެބަށް ގެންދިޔައީ އިންޓާންޝިޕަކަށް: ޖެންޑާ މިނިސްޓްރީ

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިންގެ ހިޔާގައި އުޅޭ ދެ ކުއްޖަކު ހިންމަފުށީގައި ހުންނަ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައިވަނީ އިންޓާންޝިޕް ޕްރޮގްރާމަކަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

Ads by MWSC

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ދެ ކުއްޖަކު ކ. ހިންމަފުށި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ގެންދިޔަކަމަށް ބުނެ ފެތުރެމުންދާ ހަބަރާއި ގުޅޭގޮތުންނެވެ.

ހިޔާގައި ތިބި ދެ ކުއްޖަކު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރަށް ގެންދިޔައީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ލަފައަކާ ނުލައި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުުވުން ފާޅުކުރަމުންނެވެ.

މިމައްސަލައިގައި ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ 16 އަހަރުން މަތީގެ ކުދިން ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުމުގެ ގޮތުން އެކި އިދާރާތަކަށާއި ކުންފުނިތަކަށް އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތު ދެވޭ ކަމަށެވެ.

އަދި އެ ދެކުދިންވެސް މި މަހުގެ ހަތަރު ވަނަ ދުވަހުން ހަތްވަނަ ދުވަހުގެ ނިޔަލަށް، އެ މަރުކަޒުގެ އިދާރީ ބައިގައި އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތު ދެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!