ދުނިޔެ

ޖީ20 ސަމިޓަށް ދިޔަ ނޫސްވެރިޔަކު ކޮވިޑަށް ފައްސި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އިޓަލީގެ ރޯމްގައި މިއަދުފެށި ޖީ20 ސަމިޓް ކަވަރު ކުރަން ދިޔަ ބޭރުގެ ނޫސްވެރިއެއް ކޮވިޑަށް ފައްސިވެ އެކަހެރިކޮށްފިއެވެ.

Ads by WAMCO

ޖީ20 ސަމިޓު ކަވަރު ކުރަން ދިޔަ ނޫސްވެރިޔަކު ކޮވިޑަށް ފައްސިކަން އެނގިފައި ވަނީ އޭނާ ޖީ20 ސަމިޓުގެ މީޑިޔާ ސެންޓަރަށް ދިޔުމުގެ ކުރިން ހެދި ޓެސްޓްތަކުން ކަމަށްވުމުން ޖީ20 ސަމިޓަށް އެކަމުގެ ސަބަބުން އަސަރެއް ކޮށްފާނެކަމަށް ނުބެލެވޭކަމަށް އޮފިޝަލުން ބުނެއެވެ.

މި ސަމިޓަށް ބޭރުން ދާ ނޫސްވެރިން އިޓަލީއަށް ވަނުމުގެ 48 ކުރިން ކޮވިޑް ޓެސްޓް ހަދަން ޖެހެއެވެ. އަދި އެގައުމުގެ ނޫސްވެރިން ކޮންމެ 48 ގަޑިއިރަކުން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހެއެވެ. އަދި ޖީ20 ސަމިޓަށް ވަންނަ ހުރިހާ ނޫސްވެރިން ކޮންމެ 48 ގަޑިއިރަކުން މޮލެކިއުލަރ ޓެސްޓެއް ހަދަން ޖެހެއެވެ. އަދި ސަމިޓުގެ މީޑިޔާ ސެންޓަރަށް ވަދެވެނީ މި މޮލެކިއުލާ ޓެސްޓުން ނެގަޓިވްވާ ފަރާތްތަކަށް އެކަންޏެވެ.

އަދި ސަމިޓުގެ މީޑިޔާ ސެންޓަރު ތެރޭގައި ހަރަކާތްތެރިވާ ހުރިހާ ވަގުތެއްގައި ވެސް އެފްއެފްޕީ2 ފޭސް މާސްކު އަޅަން ޖެހެއެވެ.

އެހެން ނަމަވެސް ޖީ20 ސަމިޓަށް މިއަދު ހާޒިރުވަމުންދާ ލީޑަރުން ކާރުން ފައިބާއިރު މާސްކު އަޅައިގެން ތިބުމަށް ފަހު ރެޑް ކާޕެޓަށް އަންނައިރު މާސްކް ނަގައި އިޓަލީގެ ބޮޑުވަޒީރު މާރިއޯއާ ސަލާމް ކުރައްވަމުން ދާތަން ވީޑިއޯތަކުން ފެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!