ޚަބަރު

ކޮންކްރީޓް ބްލޮކެއްގައި ދަށުވެ މީހަކު މަރުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު މީހަކު މަރުވެއްޖެއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ އެ ރިސޯޓިގައި ކޮންކްރީޓް ބްލޮކެއްގައި ތާށިވި މީހަކު މަރުވިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ދިވެހި 2 ފިރިހެނަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންކްރީޓް ބްލޮކްގައި ތާށިވި މީހާ ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ.

މަރުވެފައި ވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ އުމުރުން 33 އަހަރުގެ ބިދޭސީއެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!