ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމާމެދު ވަކި ގޮތެއް ނުނިންމަން: އެޗްޑީސީ

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލަން އެޗްޑީސީން ތައްޔާރު ވަމުން އަންނަ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން މާސްޓަރ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުންދާ ރަށެއްކަމުގައިވާއިރު، މި މާސްޓަރ ޕްލޭން ފަރުމާކުރެވިފައިވަނީ އެކި ބޭނުންތަކަށް ހާއްސަކުރެވިގެންނެވެ.

"ރެސިޑެންޝަލް، ކޮމަރޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް މި މާސްޓަރ ޕްލޭންގައި ޖާގަދެވިފައިވެއެވެ. އަދި އެންމެ ބޮޑު ޙިއްސާއެއް ހާއްސަކުރެވިފައިވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއިއެކު މިކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ ފޯރުކޮށްދިނުމަށްޓަކައި ތަޢާރަފްކުރެވޭ މަޝްރޫޢުތަކަށެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އަދި މާސްޓާޕްލޭންގެ އެންމެ ބޮޑު ހިއްސާއެއް ހާއްސަކުރެވިފައި ވަނީ އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރާއެކު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސޯޝަލް އަދި އެފޯޑަބަލް ހައުސިން ފޯރުކޮށްދިނުމަށްޓަކައި ތައާރަފްކުރެވޭ މަޝްރޫއުތަކަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން ވެށިފަހި ޕްރޮގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައި ނުވާ ފަރާތްތަކަށް މި އަހަރު ހުޅުމާލެއިން ގޯތި ދޫކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މިހާރު އެ ފަރާތްތަކަށް ގޯތި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!