ޚަބަރު

ހުޅުމާލޭގައި ފުޓްބޯޅަ ކުޅެން ހުރި ބިދޭސީއަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ބިދޭސީއަކު ފުޓްބޯޅަ ކުޅެން ހުއްޓާ މަރުވެއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނީ މިރޭ 20:20 ހާއިރު ފުލުހުން ހުޅުމާލެ ޕެޓްރޯލް ކުރަމުންދަނިކޮށް ހުޅުމާލެ ޓާފް ދަނޑު އެކަކުން ބަޔަކު މީހަކު އަތްދަނޑި މައްޗަށް ލައިގެން އަންނަތަން ފެނިގެން ފުލުހުން އެތަނަށް ގޮސް ބެލި ބެލުމުން މީހަކު ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައުލޫމާތާއެކު ފުލުހުންގެ ވެހިކަލްގައި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!