Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކައުންސިލް އިންތިހާބުގައި ޑީއާރްޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީން(ޑީއާރްޕީ) އިން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމައިފިއެވެ.

ޑީއާރްޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށާއި މި މަހުގެ ފަހުކޮޅު ގާފަރުގައި ބާއްވާ ކޮންގްރެސްގައި ޓިކެޓު ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

"ޓިކެޓާއެކު ކެމްޕޭން ފަންޑު ވެސް ހަވާލުކުރެވޭނެ" ޑީއާރްޕީން ބުނެއެވެ.

Advertisement
Allied Insurance — Square (box)

ޑީއާރްޕީން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ޑިސެމްބަރުގައި ކަމަށްވާއިރު، ޕާޓީގެ ޓިކެޓު ލިބޭނީ އާ 100 މެންބަރުންގެ މެންބާޝިޕް ފޯމު ހުށަހެޅުމުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޑީއާރްޕީގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް