ޚަބަރު

ހޮޅުދޫއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ނ. ހޮޅުދޫއަށް ރޭ އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

Ads by MWSC

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހޮޅުދޫ ކައުންސިލް ރައީސް މުހައްމަދު ނަސީރު ވިދާޅުވީ، އުދަ އަރަން ފަށާފައިވަނީ އަންގާރަ ދުވަހުގެރޭ 00:00 އިން ފެށިގެން ކަމަށެވެ. އެގޮތުން ރަށުގެ ސަރަޙައްދުތަކުގައި ގާތްގަނޑަކަށް ތިން ފޫޓަށް ލޮނުގަނޑު ބޮޑުވެފައިވާ ކަމަށާއި، ވަރަށް ގިނަ ގެތަކަށްވެސް ފެންވަދެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީރު އިތުރަށް ވިދާޅުވީ، ބައެއް ގޭގޭގައި ފޫޓަކަށްވުރެ ބޮޑަށް ފެންވަދެ، ހިފާގެންގުޅޭ ސާމާނުތަކާއި ފަރުނީޗަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 12 ވަރަކަށް ގެއަށް އެއްކޮށް ފެންވަދެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ފުލުހުންނާއި، ރަށު ކައުންސިލާއި، ރައްޔިތުން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަސީރު އިތުރަށް ވިދާޅުވީ، ވިއްސާރަ ނޫން ނަމަވެސް ވައިގަދަ ކަމަށާއި، ހުއްޓުމެއް ނެތި އުދަ އަރާފައިވާ ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްތަކަށް ދަނީ އުދައަރަމުންނެވެ. އެގޮތުން އިއްޔެ ބ. ކުޑަރިކިލި އަށް އުދަރަ އަރައި ރަށުން ބޮޑު ބައެއް ވަނީ ގިރާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!