ދުނިޔެ

"މަޖިލިސް އެއް އަހަރަށް މެދު ކަނޑާލުމަށްފަހު އެ ފައިސާ ތަޢުލީމީ ދާއިރާއަށް ޚަރަދުކޮށްދެއްވާ"

ދެން އެމްވީ ، ދެން އޮންލައިން

ލަންކާގެ ރައްޔިތުންގެ މަޖިލިސް އެއް އަހަރު ދުވަހަށް މެދު ކަނޑާލުމަށްފަހު، އެއްކުރެވޭ ފައިސާ ތަޢުލީމީ ދާއިރާ ކުރިއެރުމަށް ދޫކޮށްދިނުމަށް، ލަންކާގެ ޤާނޫން ހަދާ މަޖިލީހުގެ މެންބަރަކު ގޮވާލައިފިއެވެ.

Ads by Sosun Fihaara

ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށްވާ ވިދުރާ ވިކްރަމަނަޔަކަ ބުނެފައިވަނީ، ލަންކާގެ ސަރުކާރުން މަޖިލީހަށް ދުވާލެއްގެ މައްޗަށް 9.2 މިލިޔަން ރުޕީސް ހަރަދު ކުރާ ކަމަށެވެ. އަދި މަޖިލިސް ޖަލްސާއެއް ނެތަސް މަޖިލީހުގެ މެންބަރުންގެ މުސާރައާއި އެހެނިހެން ޚަރަދަށް 8.2 މިލިޔަން ރުޕީސް ޚަރަދުވާ ކަމަށް އޭނާ ބުނެފައިވެއެވެ.

އިތުރަށް އޭނާ ބުނެފައިވަަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން ރައްޔިތުން ތަމްސީލު ކުރާ މަންޒަރު ނުފެންނަ ކަމަށާއި ސަރުކާރުން އެހާ ބޮޑު ޚަރަދެއް ރައްޔިތުންގެ މަޖިލީހަށް ކުރާ ކުރުން އޭނާ ދެކެނީ ބޭކާރު ޚަރަދެއް ކަމަށެވެ. އަދި މިޚަރަދުގެ ބަދަލުގައި އެޤައުމުގެ މުސްތަޤްބަލު ކަމުގައިވާ ޒުވާނުންނަށް ތަޢުލީމުގެ ފުުރުސަތު ފަހިކޮށްދިނުމަށް މި ފައިސާ ބޭނުން ކުރުން މާ ރަނގަޅު ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ، އެއް އަހަރު ނުވަތަ ދެ އަހަރަށް ރައްޔިތުންގެ މަޖިލިސް ބަަންދު ކުރުމުން، އެޤައުމުގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ އެެންމެ ބޮޑު މައްސަލަ ކަމުގައިވާ ބަޖެޓް ނެތުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!