ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ، އެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ އާދީއްތަ ދުވަހު ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ދެ ގެއަކާއި ދެ ފްލެޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން އެތަންތަން ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ސެލޯފިން ކޮޅާއި 16 ފިލްމް ހުސްކުރި ދަޅު އަދި ދެ ބޮޑު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 27 އަަހަރުގެ ދިވެހި ފިރިހެނަކާއި 23 އަަހަރުގެ ފިރިހެނަކާއި އަދި 26 އަަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!