ޚަބަރު

ތޫނު ހަތިޔާރާއެކު ކުޑަކުއްޖަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ތޫނު ހަތިޔާރު ގެންގުޅުނު ކުޑަ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ދެކުނުގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭ ކަމަށް މިއަދު ލިބުނު މައުލޫމާތަކާ ގުޅިގެން އެ ކުއްޖާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކޮށް، ހަތަރު ވަޅި އާއި ދަނބު ކުލައިގެ ހޮޅިބުރިއެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!