ދުނިޔެ

ސްވިޑަންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، މަގާމާ ހަވާލުވިތާ ގިނައިރުތަކެއް ނުވެ އިސްތިއުފާ ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސްވިޑަންގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، މަގާމާ ހަވާލުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މަގާމުން އިސްތިއުފާ ދީފިއެވެ.

Ads by Sosun Fihaara

ހަބަރުތައް ބުނާ ގޮތުގައި ސްވިޑަންގެ ސޯޝަލް ޑިމޮކްރަޓެއް ކަމުގައިވާ މަގްޑަލީނާ އެންޑްރެސަން މަގާމާއި ހަވާލުވިތާ 12 ގަޑިއިރު ވެސް ހަމަނުވަނީސް އެމަގާމުން ވަނީ އިސްތިއުފާ ދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެންޑްރެސަން އިސްތިއުފާ ދިން ސަބަބަކީ ގްރީން ޕާޓީން ހަދައިފައިވާ ކޯލިޝަނާ އެ ޕާޓީން ވަކިވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް އެންޑްރެސަން ބުނެފައިވާ ގޮތުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަރިހުގައި އަދިވެސް ބޮޑުވަޒީރުކަން ލިބުމަށް އުއްމީދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެކަމަކު އެއީ އެއްޕާޓީއެއް ހިނގާ ސަރުކާރެއް އެކުލަވާލެވޭނަމަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޯލިޝަނުން ގްރީން ޕާޓީ ވަކިވެފައި ވަނީ ކޯލިޝަން ބަޖެޓުގެ ބިލް ގާނޫނު ހަދާ މަޖިލީހުން ބޭރުކޮށްލުމުންނެވެ.

މަގްޑަލީނާ އެންޑްރެސަން ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންނެވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 117 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ ދެކޮޅަށް 174 މެމްބަރުން ވޯޓް ދީފައިވާއިރު 57 މެމްބަރުން ވަކިކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

ސްވިޑަންގައި ބޮޑުވަޒީރުކަމަށް އިންތިހާބުވުމަށް ޕާލިމެންޓުގެ މެޖޯރިޓީ ވޯޓް ލިބޭކަށް ނުޖެހެއެވެ. އެހެން ނަމަވެސް މެޖޯރިޓީ ވޯޓް ދެކޮޅަށް ނުލިބޭ ނަމަ ބޮޑުވަޒީރުކަމަށް އިންތިހާބުވެއެވެ.

ސްވިޑަންގެ ތާރީހުގައި ވެސް އަލަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުކަމާ ހަވާލުވުމަށް ފަހު މިހާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވުމުން އޭނާއަށް ވަނީ ގިނަ ބައެއްްގެ ފާޑު ކިޔުން އަމާޒުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!