ދުނިޔެ

އިސްލާމްދީނުގެ އުސޫލުތައް ހިފެހެއްޓުމަށްޓަކައި އިންޑޮނޭޝިއާގައި ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމްދީނުގެ ރިވެތި އުސޫލުތައް ދެމެހެއްޓުމަށްޓަކައި، އިންޑޮނޭޝިއާގެ ސިޓީ އެއް ކަމަށްވާ ބަންޑާއާޗޭގައި ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށްފިއެވެ.

Ads by Sosun Fihaara

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ބަންޑާއާޗޭގައި ދިރިއުޅެމުންދާ ޒުވާނުންނަށް ލޯބިވެރިންގެ ދުވަހާއި ގުޅޭގޮތުން ސިޓީގެ މޭޔަރު އަމީނުﷲ އުސްމާނު މިހާރު ވަނީ ޚާއްޞަ އެންގުމެއް އަންގާފައެވެ. އެގޮތުން ލޯބިވެރިންގެ ދުވަސް މާދަމާ ފާހަގަކޮށްފިނަމަ، އެމީހުން އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާފުވިކަމަށް ނިންމާނެކަމަށް މޭޔަރު އަންގާފައިވެއެވެ. މީގެ އިތުރުން އެ ސިޓީގައި ހިންގާ ރެސްޓޯރެންޓްތަކާއި ހޮޓެލްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ ފަރާތްތަކަަށް ވެސް ވަނީ ލޯބިވެރިންގެ ދުވަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމުގެ އިންޒާރު މޭޔަރު ވަނީ ދީފައެވެ.

އެ ސިޓީގެ މޭޔަރު އަމީނުﷲ ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްލާމު ދީނުގެ ރިވެތި އުސޫލުތައް ދެމެހެއްޓުމަށްޓަކައިި. ލޯބިވެރިންގެ ދުވަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް ހިންގުމާއި، އެދުވަސް ފާހަގަކުރުމަށް ބާއްވާ އެއްވެސް ހަރަކާތެއްގައި ބައިވެރިވުން ވެސް އެ ސިޓީގެ ހުރިހާ އާއްމުންނަށް މަނާ ކުރާ ކަމަށެވެ.

ލޯބިވެރިންގެ ދުވަސް ފާހަގަކުރުމަކީ ބަންޑާއާޗޭ ސިޓީގެ އަދާކާދަ ތަކާއި ވެސް ހިލާފު ކަމެކެވެ. ޚަބަރުތައް ބުނާ ގޮތުގައި އެ ސިޓީއަކީ އިސްލާމް ދީނުގެ އުސޫލުތައް އިންޑޮނޭޝިޔާގައި އެންމެ ފުރިހަމައަށް ތަންފީޒު ކުރާ ސިޓީއެވެ. އެ ސިޓީގެ އާބާދީގައި 270000 މީހުން އުޅެއެވެ.

އިންޑޮނޭޝިއާގެ އެހެން ސިޓީއަކުން ވެސް ވަނީ ސުކޫލު އަދި ކޮލެޖްގައި ކިޔަވަމުންދާ ކުދިންނަށް ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!