ބުޅި އެސްފިޔަވެސް ފެޝަނަކަށް
ބުޅި އިސްތަށިގަނޑަކީ ގިނަ ބަޔަކު ވަރަށް ލޯބިކުރާ އެއްޗެކެވެ. ނަމަވެސް މި ފަހަރުގެ އެންމެންގެ ސަމާލުކަން ހޯދީ ބުޅި އިސްތަށި ގަނޑެއް ނޫނެވެ. ބުޅި އެސްފިޔަތަކެކެވެ.
ސޯފީ ޕެޓާސީން އެ ކިޔުނު މޭކަޕް އާޓިސްޓް މިވަނީ އެސްފިޔަތަށް ބުޅި ކޮށްލައި މިކަން މުޅިން އާ ފެޝަނަކަށް ހަދާފައެެވެ. ވަރަށް ގިނަ ބަޔަކަށް މިކަން ކަމުގޮސް މިހާރު ދަނީ މި ފެޝަނާއިއެކު އެސްފިޔަތައް ބުޅިކުރަން ފަށާފައެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އެހެނިހެން ބުމަ އަދި އެސްފިޔަ ޓްރެންޑް ތަކާއި ހިލާފަށް ބުޅި އެސްފިޔައިގެ ފެޝަން ވަރަށް ބޮޑު މަގްބޫލު ކަމެއް ހޯދާނެއެވެ. މިހާތަނަށް މި ކަމަށް ލިބިފައިވާ ތަރުހީބުން މިކަން ވަރަށް ރަނގަޅަށް ހާމަވާ ކަމަށްވެސް މި ފަރާތޮތަކުން އިތުރަށް ބުނެފައިވެއެވެ.
ތަފާތު ގޮތް ގޮތަށް ބުމަ އާއި އެސްފިޔަތަށް ބަދަލު ކުރުމަކީ ފަހަކަށް އައިސް ވަރަށް އާންމު ކަމެކެވެ. މިގޮތުން ތުނޑު ލެއްވި ބުމަ އާއި އެސްފިޔައިގައި އެކި ކުލަ ކުލަ ޖެއްސުމަކީ އާންމުންގެ ވަރަށް މަގުބޫލުކަން ހޯދި ބައެއް ފެޝަންތަކެވެ.
ތަފާތު ކަމެއް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް މި ފެޝަން ވެސް ވަރަށް ކަމުދާނެއެވެ. އެހެންކަމުން މިފަހަރު ބުޅި އެސްފިޔައިގެ އަޖުމަ ބަލައިލުން ކިހިނެއްވާނެ ހެއްޔެވެ؟