މޫސުން އަދިވެސް ގޯސް، ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ބޮޑު ސަރަހައްދަކަށް އަނެއްކާ ވެސް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ(މެޓް)އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައި ވަނީ އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިރޭ 22:00އާ ހަމައަށެވެ.
Ads by STO