ޢީދު މިސްކިތުން ފަންކާއެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލޭ ޢީދު މިސްކިތުން ފަންކާއެއް ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލޭގައި ހުންނަ ޢީދު މިސްކިތުން މީހަކު ފަންކާއެއް ވަގަށް އުޅުނު ކަމުގެ މައްސަލައެއް އިއްޔެ ހުށަހަޅައިފައިވާ ކަމަށެވެ.
މި މައްސަލައިގައި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ވެސް ޖަހައިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަހަކަށް އައިސް މިސްކިތްތަކުން ވައްކަން ކުރުމާއި ތަކެއްޗަށް ގެއްލުން ދިނުމާއި މިސްކިތުގެ ހުރުމަތް ކެނޑުން ފަދަ މައްސަލަތައް އަންނަނީ ވަރަށް ގިނައިން ފެންމަތިވަމުންނެވެ. މިފަދަ މައްސަލަތަކުގައި ބައެއް މީހުން ވަނީ މީގެ ކުރިން ވެސް ހައްޔަރުކޮށް، ބައެއް މީހުން ދޫވެސް ކޮށްލައިފައެވެ.