ކްރިސްމަސް ފާހަގަކުރަމުން ދަނިކޮށް ދިން ބަޑީގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ

ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބްރެޒިލްގެ އުތުރުއިރުމަތީ ސިޓީއެއް ކަމަށްވާ ފޯޓަލެޒާގެ ފުޓުބޯޅަ ދަނޑެއްގައި ކްރިސްމަސް ފާހަގަކުރަމުން ދަނިކޮށް ބަޑީގެ ހަމަލާތަކެއްދީ ފަސް މީހުން މަރުވެ ހަ މީހުން ޒަހަމްވެފައިވާ ކަމަށް ސީރާ ސްޓޭޓްގެ ޕަބްލިކް ސެކިއުރިޓީ ސެކްރެޓޭރިއެޓްއިން ބުނެފިއެވެ.
އެ އެޖެންސީގެ ޕްރެސް އޮފީހުން ބުނީ ބަޑި ޖެހުމުގެ ސަބަބުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި މި ހާދިސާއަކީ ޖިނާއީ ފެކްޝަންތަކުގެ މެދުގައި އުފެދުނު ދެބަސްވުމެއްގެ ސަބަބުން ހިނގިކަމެއް ކަމަށް ބެލެވެއެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ކާކުކަން ދެނެގަނެވިފައި ވަނީ އެންމެ ދެ މީހުންނެވެ. އެތަނުން އެކަކީ 21 އަހަރުގެ މީހެއް ކަމަށާއި އަނެއް މީހާއަކީ 26 އަހަރުގެ މީހެއްކަން އެނގިފައިވެއެވެ. އަދި މި ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށާއި އޭގެ ތެރޭގައި ޖިނާއީ ކުށްތަކާއި، ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުމާއި، ވައްކަން ކުރުމާއި، ސުލްހަ މަސަލަސްކަން ނަގައިލުން ފަދަ ކުށްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.