މަލައިކާއާއި އަރްޖުން އަނެއްކާ ވެސް އެކުގައި!

ބޮލީވުޑްގެ މަޝްހޫރު ލޯބިވެރިން ކަމަށްވާ މަލައިކާ އަރޯރާއާއި އަރްޖުން ކަޕޫރު ދާދި ފަހުން ވަނީ މުމްބާއީއިން އެކުގައި ފެނިފައެވެ. ވަރަށް މަދުން ނޫނީ އާންމުންގެ ތެރެއަށް ނުކުމެ އުޅޭ މި ދެމަފިރިން ޕަޕަރާޒީންނަށް ފެނުނީ އާދީއްތަ ދުވަހުގެ ހަވީރު ކާރެއްގެ ތެރޭގައި ތިއްބައެވެ.
ބޮލީވުޑްގެ މަޝްހޫރު ފޮޓޯގްރާފަރެއް ކަމަށްވާ ވައިރަލް ބަޔާނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން މަލައިކާ ފެނިފައި ވަނީ އެމެރަލްޑް ގްރީން އައުޓްފިޓެއްގައެވެ،ކަޅު ކުލައިގެ އައުޓްފިޓެއްގައި ހުރި އަރުޖުންއާ އެކު މި ދެމީހުން ފެނިފައި ވަނީ ކާރެއްގެ ތެރެއިންނެވެ. ދެ މީހުން ތިބީ ކަޅު ކުލައިގެ ފޭސް މާސްކެއް އަޅައިގެންނެވެ.
އެ ވީޑިއޯއިން މަލައިކާއާއި އަރްޖުން ކާރުން ފައިބައިގެން ގޮސް ވާހަކަ ދައްކާ މަންޒަރު ވެސް ފެނެއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން މަލައިކާ ޕަޕަރާޒީންނަށް ވޭވް ކުރުމަށް ފަހު ކާރަށް އެރި މަންޒަރު ވެސް ފެނުނެވެ.
މަލައިކާއާއި އަރްޖުން ކްރިސްމަސް ފާހަގަ ކޮށްފައި ވަނީ އެމީހުންގެ އާއިލާއާ އެކުގައެވެ. މިދެމީހުން ވެސް ކްރިސްމަސްގައި އާއިލާއާ އެކު ނަގައިފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކޮށްފައިވެއެވެ.
މަލައިކާއާއި އަރްޖުން ލޯބިގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު މި ދެމީހުން އެކަކު އަނެކަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވަނީ ވަރަށް މަދުންނެވެ.