ދުނިޔެ ލައިފްސްޓައިލް

ބީޓީއެސްގެ 3 މެމްބަރަކު ކޮވިޑަށް ފައްސިވެއްޖެ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ބީޓީއެސްގެ ސްޓާރުން

ކޭ-ޕޮޕް ސުޕަގްރޫޕް ބީޓީއެސްގެ ތިން މެމްބަރަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by WAMCO
Ads by STELCO

ގްލޯބަލް ފޭން ކޮމިއުނިޓީ ޕްލެޓްފޯމް ވީވާސްގައި ޝާއިއުކޮށްފައިވާ ބިގްހިޓް މިއުޒިކް ސްޓޭޓްމަންޓްތަކުގައި މި ޚަބަރު ވަނީ ހިމަނައިފައެވެ.

އެމެރިކާގައި ޓުވާއެއް ނިންމުމަށް ފަހު މި ގުރޫ ޕުވަނީ ދާދި ފަހުން ދެކުނު ކޮރެޔާއަށް އެނބުރި އައިސްފައެވެ. މިއީ ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން 2 އަހަރު ފަހުން ފުރަތަމަ ފަހަރަށް ބޭއްވި ޓުއާއެވެ.

ބިގްހިޓް މިއުޒިކްއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވީ ސުގާކަމަށެވެ. އަދި ފައްސިވުމުން ސުގާ ކަރަންޓީންވެފައިވާ ކަމަށާއި ބީޓީއެސްގެ އެހެން އެއްވެސް މެމްބަރަކާ ކޮންޓެކްޓުނުވާކަމަށް ވެސް ބުނެފައި ވެއެވެ. އަދި ޑިސެމްބަރު މަހުގެ 17ވަނަ ދުވަހު ހެދި ޕީސީއާރު ޓެސްޓުން އާރްއެމް ނެގެޓިވް ވި ނަމަވެސް، އޭނާ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހޮނިހިރު ދުވަހު ވަނީ ކޮވިޑަށް ފައްސިވެފައި ކަމަށް ވެސް ބުނެފައިވެއެވެ. އަދި ކޮވިޑުގެ އެއްވެސް އަލާމާތެއް އޭނާގެ ފަރާތުން ފެނިފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ.

ޖިން ވެސް ހޮނިހިރު ދުވަހު ޓެސްޓުކުރިއިރު ވަނީ ފައްސިވެފައިކަމަށް ބިގްހިޓް މިއުޒިކުގެ ބަޔާނުގައިވެއެވެ. އަދި އޭނަގެ ގައިން ލުއި ރޯގާގެ އަލާމާތްތައް ފެނިފައިވާކަމަށް ވެސް ބުނެފައިވެއެވެ. ބިގްހިޓް މިއުޒިކްއިން ބުނާ ގޮތުގައި އެ ތިން މެމްބަރުން ވެސް ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. އަދި މިހާރު އެ މީހުންނަށް "ގޭގައި" ފަރުވާ ދެމުން ދަނީ ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.

ބީޓީއެސް ކުންފުނިން ބުނެފައި ވަނީ އެ ކުންފުނީގެ އާޓިސްޓުންގެ ސިއްހަތާއި ރައްކާތެރިކަމަށް ވަރަށް އިސްކަންދޭނެ ކަމަށާއި އަވަސް ޝިފާއެއް ހޯދައިދިނުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ. ބިގްހިޓް މިއުޒިކްއިން ބުނެފައި ވަނީ 'ބީޓީއެސް ޕާމިޝަން ޓު ޑާންސް އޮން ސްޓޭޖް އެލް އޭ'އާއި '2021 ޖިންގަލް ބޯލް ޓުއާ' ގެ ޝެޑިއުލް ކޮށްފައިވާ އިވެންޓުތައް ނިންމައިލުމަށް ފަހު ބީޓީއެސްގެ މެމްބަރުންނަށް ދިގު ޗުއްޓީއެއް ދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!