ޚަބަރު

މިއަހަރުގެ މިހާތަނަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިހިނގާ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހާ ހަމައަށް މިއަހަރު ސަރުކާރުން 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Hajj Corporation

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އާމްދަނީއާ ހަރަދުތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 2.4 ބިލިއަން ރުފިޔާއެވެ. ބަޖެޓް ސާޕްލަސްގެ ގޮތުގައި، 772.7 މިލިއަން ރުފިޔާ ބާކީވެފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދައުލަތުން 1.6 ބިލިއަން ރުފިޔާ މިއަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވީ ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ހަރަދު ކޮށްފައިވާ މިންވަރަށް ވުރެ 428.8 މިލިއަން ރުފިޔާ މަދު މިންވަރެކެވެ. އެހެންކަމުން ދައުލަތުން ވަނީ މި އަހަރުގެ މި މުއްދަތުގައި 20 ޕަސެންޓު ހަރަދު ކުޑަކޮށްފައެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދައުލަތުގެ އޮފީސްތަކުގެ ހަރަދު ކުޑަ ކުރުމަށް އަންގާފައެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ހަރަދު ކުޑަކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަ ފިޔަވަޅެއް އަޅަން ވަނީ އަންގައިފައެވެ. އެގޮތުން ފިނޭންސްގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ކުންފުނީގެ އިދާރީ އޮނގަނޑަށް އަދި މުސާރައިގެ އޮނިގަނޑަށްވެސް އެއްވެސް ބަދަލެއް ނުގެންނަން ވަނީ އަންގައިފައެވެ. ހަމަ އެއާއެކު ބަޖެޓުގައި ހިމަނާފައި ވީނަމަވެސް، މިހާރު ނުދޭ އެއްވެސް އެލަވަންސެއް މި އަހަރު ތެރޭގައި އަލަށް ދޭން ނުފަށަންވެސް ވަނީ އަންގައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!