ޚަބަރު

މަރަށް މަރު ހިފުމަށް މުސްތަފާ ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ގޮވާލައްވައިފިއެވެ.

Ads by MWSC

މިއަދު ކުރެއްވި ޓްވީޓެއްގައި މުސްތަފާ ވިދާޅުވީ ސުލްހަވެރިކަމާއި އަމަންއަމާންކަން ގާއިމް ކުރުމަށް އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅަކީ ޝައްކާ ނުލައި މުތުލޮގަށް އިއުތިރާފްވާ މީހާގެ މައްޗަށް މީސްތަކުންގެ ހަނދާނުން ކައްސާލުމުގެ ކުރިން މީހަކު މަރައިފި މީހަކަށް މަރަށް މަރު ހިފުން ކަމަށެވެ.

މަރުގެ އަދަބު ދިނުމަކީ ދިރުމެއްވާ ކަމެއް ކަމަށް ﷲ އަންގަވާފައިވެއެވެ.

މުސްތަފާ ވިދާޅުވީ ފައިސާ އާއި މުދަލުގެ މައްސަލަތައް ތަންފީޒު ކުރެވެންޏާ މަރުގެ މައްސަލަތަކާ ބެހޭ ހުކުމްތައް ވެސް ތަންފީޒް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެއީ މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ އަސާސެއް އޮތް ކަމެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މަރަށް މަރު ހިފަންޖެހޭނެ ކަމަށް އަންގަވާފައި ވަނީ ޔޫއެން އަށްވުރެ މާ މަތިން ކަމަށާއި މުސްލިމުން ތިބީ ޔޫއެންގެ މުއާހަދާތަކަށް ވުރެ ﷲ ގެ މުއާހަތާތަކަށް ކިޔަމަންވެ، އެއްބަސްވެ އިގްރާރުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މާފުށީ ޖަލުގައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ތަނެއް ގާއިމް ކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ އިސްވެރިން އަންނަނީ މަރުގެ ހުކުމް ދިނުމާ ދެކޮޅު ހަދަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!