ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ރެކޯޑެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލެއިން ރަށްރަށަށް ބަޔަކު ދަތުރު ކުރަނީ.. ދެން އިމޭޖްސް

މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރަކަށް މި އަހަރު ވެއްޖެއެވެ،

Ads by MWSC

މިކަން ހާމަކުރައްވައި އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަހަރު މުޅި ރާއްޖެއިން މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 85 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މި އަދަދަކީ މިހައިތަނަށް މުދަލު ޒަކާތުގެ ގޮތުގައި އަހަރެއްގެ މައްޗަށް ލިބުނު އެންމެ ގިނަ އަދަދުކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ޓްވީޓް ނިންމަވައިލައްވަމުން އަލީ ޒާހިރު ވަނީ، މުދަލު ޒަކާތް ދެއްކި ފަރާތްތަކުގެ މުދަލުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރައްވައިފައެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބަކީ 4،861.5 އެވެ. މުދަލު ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ މުދަލުގެ 40 ބައިކުޅަ އެއްބައެވެ. އެއީ ނިޞާބު ހަމަވެ، އަހަރެއް ވެފައިވާ ނަމައެވެ.

ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި 16،000އެއްހައި މީހުން ރެޖިސްޓަރވެފައި އެބަތިއްބެވެ. މީގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުންނަށް އިސްލާމިކް މިނިސްޓްރީން ޒަކާތް ބަހާ ގޮތަށް ހަމަޖެހިފައިވާ އިރު ރަށްރަށުގައި ތިބި ފަޤީރުންނަށް ޒަކާތް ދޭނީ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!