Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގަލޮޅު ދަނޑު ކައިރި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ރޯވެފައިވަނީ ގ.ޕްރެސައިޑް ގޭގެ އެއްވަނަ ފަންގިފިލާގަ އެވެ.

ފުލުހުން ބުނީ ޝަބްނަމް މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިރޭ 21:18 ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށްވެސް ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ކޮޓަރިއެއްގެ ތެރޭގައި ހުރި ޑީ ބޯޑެއްގައި ކަމަށެވެ. އަލިފާނުގެ އަސަރު ދޮންނަ މެޝިނަށްވެސް ކޮށްފައިވާ ކަމަށާއި، ބައެއް އަންނައުނުވެސް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ފަރަޔ އެންޑި ރެސްކިއު ޓީމުން މިހާރު ވަނީ އަލިފާން ނިއްވާލާފައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް