ސްނޯކްލިން އަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ
ސްނޯކްލިންއަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އއ. މާޔާފުށި ކައިރި އޮތް ސަފާރީއަކުން މިރޭ ސްނޯކްލިންއަށް ދިޔަ ދިވެއްސަކު މަރުވެފައިވާ ކަމަށާއި މަރުވެފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ސްނޯކްލިންއަށް ދިޔަ ދިވެއްސަކު އިއްޔެ ވެސް ވަނީ މަރުވެފަ އެވެ.
އއ. މަޑިވަރު ބޭރުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވީ އުމުރުން 23 އަހަރުގެ ރ. މީދޫއަށް ނިސްބަތްވާ އަބްދުﷲ އަޒްވާނެވެ. އޭނާއަކީ ރަސްދޫ ޑައިވް ސެންޓަރުގައި މަސައްކަތްކުރާ މީހެކެވެ.
Ads by Allied Insurance