Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގެމަނަފުށި ކުނި ގޮނޑުގައި ބަޔަކު ރޯކޮށްލައިފި

ގއ. ގެމަނަފުށި ކުނިގޮނޑުގައި ބަޔަކު ރޯކޮށްލި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެމަނަފުށީ ކުނިގޮނޑިގައި ބަޔަކު އަލިފާން ރޯކޮށްލާފައިވާ ކަމަށް މިއަދު ހަވީރު 5:30 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

ފުލުހުން ބުނީ އަލިފާން ރޯކޮށްލުމުގެ ސަބަބުން އަނދަމުންދާ ކަމަށާއި އެ ރަށުގެ ކައުންސިލާއި އާންމުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މިރޭ މާލޭގެ ގެއެެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ރޯވެފައިވަނީ ގ.ޕްރެސައިޑް ގޭގެ އެއްވަނަ ފަންގިފިލާގަ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ކޮޓަރިއެއްގެ ތެރޭގައި ހުރި ޑީ ބޯޑެއްގައި ކަމަށެވެ. އަލިފާނުގެ އަސަރު ދޮންނަ މެޝިނަށްވެސް ކޮށްފައިވާ ކަމަށާއި، ބައެއް އަންނައުނުވެސް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް