މުނިފޫހިފިލުވުން

ބިގްބޮސް ސީޒަން 13 ޝިދާތު ކާމިޔާބު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކަލާސް ޓީވީ އިން ސިލްސިލާކޮށް ގެެނެސްދެމުން އަންނަ ރިއަލިޓީ ޝޯއެއް ކަމަށްވާ ބިގް ބޮސްގެ ތޭރަވަނަ ސީޒަން ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޓީވީ އެކްޓަރު ސިދާތު ޝުކްލާ ކާމިޔާބު ކޮށްފިއެވެ.

Ads by MWSC

ސިދާތު އެ ޝޯ ކާމިޔާބު ކޮށްފައިވާއިރު، ސިދާތާއި އެންމެ ގާތުން ވާދަކޮށްފައިވަނީ އިންޓަނޭޝަނަލް މޮޑެލްއެއް ކަމަށްވާ އާސިމް ރިއާޒްއެވެ.

ބޮޑު ތާރީހީ ކާމިޔާބީއެއް ހޯދާފައިވާ ބިގް ބޮސް 13 ގެ ފައިނަލިސްޓުންގެ ގޮތުގައި އާސިމް އަދި ސިދާތުގެ އިތުރުން ހިމެނިފައިވަނީ، އާރްތީ ސިންގް، ޕާރަސް ޗާބްރާ، ރަޝްމީ ޑެސާއީ، އަދި ޝެހެނާޒް ގިލްއެވެ.

ބިގްބޮސްގެ 13 ވަނަ ސީޒަންގައި ބެލުންތެރިން މުނިފޫހިފިލުވައިދިން ޝެހެނާޒް ގިލް ވަނީ ގަދަ ތިނެއްގައި ހިމެނިފައެވެ.

ބިގްބޮސް13 ހުށަހަޅާ ދީފައިވަނީ ބޮލީވުޑްގެ އެންމެ އަގު ބޮޑު އެއް ތަރި ކަމަށްވާ ސަލްމާން ހާންއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!