މުނިފޫހިފިލުވުން

އަހަރެންގެ އެންމެ ރަނގަޅު އަދި ގޯސް އާދައަކީވެސް މީހުންނަށް މާބޮޑަށް އަޅާލުން: ރަޝްމީ

ދެން އެމްވީ ، ދެން އޮންލައިން

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓީވީ އެކްޓްރެސް ރަޝްމީ ޑެސާއީ ގައިގައި ހުރި އެންމެ ރަނގަޅު އާދައަކީވެސް އަދި އެންމެ ނުރަނގަޅު އާދަައަކީވެސް، މީހުންނަށް މާބޮޑަށް އަޅައިލާ އެހީތެރިވުން ކަމަށް އޭނާ ބުނެފިއެވެ.

Ads by Sosun Fihaara

ރަޝްމީ ޑެސާއީ ވަނީ ރޭގަ ގްރޭންޑް ފިނާލޭ ބޭއްވި، ރިއަލިޓީ ޝޯ ބިގްބޮސްގެ މިހާތަނަށް އެންމެ ކާމިޔާބު ސީޒަންކަމަށްވާ 13 ވަނަ ސީޒަން ގައި ބައިވެރިވެ ގަދަ 4 ގައި ހިމެނިފައެވެ.

"ޕިންކް ވިލާ" އަށް ދިން އިންޓަވިއުއެއްގައި ރަޝްމީ ބުނީ، އޭނާގެ ކުރީގެ ލޯބިވެރިޔާ އަރްހާން ހާން އާއި ދޭތެރޭވެސް ކަންތައް ކުރީ ވަރަށް ރަނގަޅަށް ކަމަށެވެ. ސަލްމާން ހާން އޭނާއަށް ބިގްބޮސްގެ ޝޯގެ ތެރެއިން އަރްހާންގެ ޒާތީ ދިރިއުޅުމާއި ބެހޭ ކަންކަން ކިޔައިދިނުމުން ހިތުގައި ވަރަށް ސުވާލު އުފެދުނު ކަމަށާއި، އެހެން ނަމަވެސް ތަކުރާރު ކޮށް ސުވާލު ކޮށްގެންވެސް ޖަވާބެއް ނުލިބުނު ކަމަށެވެ.

ރަޝްމީ ބުނީ، އޭނާ ދެން ދިރިއުޅުމުގައި އަރުހާން އާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާ ކަމަށެވެ.

ސަލްމާން ހާން ހުށަހަޅައިދިން ކާމިޔާބު ޝޯ ބިގްބޮސް 13 ވަނަ ސީޒަންގެ ގަދަ 4 ގައި ރަޝްމީ ހިމެނުނު އިރު، އެ ޝޯ ކާމިޔާބު ކޮށްފައިވަނީ މަގްބޫލު ޓީވީ އެކްޓަރު ސިދާތު ޝުކުލާ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!