ލައިފްސްޓައިލް

ގޭގައި އުޅޭ ކުދި ސޫފިތަކުން ސަލާމާތްވާނެ ގޮތް މިއޮތީ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ހިނި، ކުރަފި، މެހި އަދި އެކި ޒާތްޒާތުގެ ފައިދިގު މަކުނު ގޭތެރޭ ގައި ގިނަވުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވެފައިވާ ބޮލަށް އުނދަގޫވާ މައްސަލައެކެވެ.

Ads by MWSC

ބަދިގޭ ގޭގައި ފޮނި ކާއެއްޗެއް ބަހައްޓައިފިނަމަ އެތަނެއް ހިނިން ފުރާލާނެއެވެ. ކޮޓަރި ތެރޭގައި ކުރަފި ގިނަކަމުން ދަރިން އަބަދު ތިބެނީ ބިރުން ސިހި ސިހި އެވެ. މަދިރި އާއި މެހި ގިނަކަމުން އަބަދު މިޖެހެނީ، ކޮޓަރިތަކުގެ ދޮރު ލައްޕައިން އުޅޭށެވެ. ގިނަ ބަޔަކު ތިބެނީ މި ޒާތުގެ ކުދި ސޫފިތަކުން ސަލަމާތް ނުވެވިގެން ގޮތް ހުސްވެފައެވެ. އެހެންނަަމަވެސް ދެން އިތުރަށް މާޔޫސް ވާކަށް ނުޖެހޭނެއެވެ. ގޭތެރޭގައި އުޅޭ ކުދި ސޫފިތަކުން ސަލާމަތްވާނެ ގޮތް މިކިޔައިދެނީއެވެ.

ގޭތެރޭގައި ހިންޏާއި، ފައިދިގު މަކުނާއި މަދިރި އަދި މިޒާތުގެ ސޫފިތައް އުޅޭ ނަމަ ޕެޕަރމިންޓް ތެޔޮ ބޭނުންކުރާށެވެ. ޕެޕަރމެންޓް ތެލުގެ ވަސް ދުވާނަމަ މީދާ ފަދަ އެއްޗެހި ވެސް ގެޔަށް އައުން މަދުވާނެއެވެ. އެއްވެސް އިތުރު އެއްޗެއް އެއް ކޮށްފައިނުވާ ސާފު ޕެޕަރމިންޓް ތެޔޮކޮޅެއް ކަފަ ކޮޅަކަށް އެޅުމަށް ފަހު، ގޭތެރެއިން އެންމެ ގިނައިން އެފަދަ ސޫފިތައް އުޅޭ ތަންތަނުގައި ހާކައިލާށެވެ. މިހެން ހެދުމުން ޕެޕަރމިންޓްގެ ވަރުގަދަ ވަހުގެ ސަބަބުން އެ ދިރޭ އެއްޗެހި މަރުވެއެވެ.

މީގެ އިތުރުން ޕެޕަރމިންޓް ތެޔޮ ހޫނު ފެން ތެރެއަށް އަޅާ އެއްކޮށްލުމަށްފަހު ފުޅިއަކަށް އަޅައިގެން، ސުޕްރޭ ގޮތަށް ހިނި ކުރަފި ފަދަ އެއްޗިއްސަށް ޖެހުމުން ވެސް އެ އެއްޗެހި މަރުވާނެއެވެ. އެ ސުޕްރޭ ބޭނުން ކުރުމަށްފަހު، ފްރިޖްގައި ބެހެއްޓުމުން އޭގައި ހުންނަ ވަސް ނުކެނޑި ގިނަ ދުވަހު ހުންނާނެއެވެ.

ކޮފީއަކީވެސް ގޭތެރޭގައި އުޅޭ ސޫފިތައް ނައްތާލުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން، ގޭގައި ސޫފި ގިނައިން އުޅޭ ތަންތަނަށް ކޮފީ ކޮޅެއް އަޅާފައި ބެހެެއްޓުމުން، އެ އެއްޗެހި އުޅޭ ހޮރުން ނިކުމެ އެހެން ތަނަކަށް ދެއެވެ.

ގޭގައި ، ވާ ފުރައިން އުޅޭ ފައިދިގު މަކުނުތަކުން ސަލާމަތްވާން ބޭނުން ނަމަ ފިޔާ ބޭނުން ކުރެވިދާނެއެވެ. އެގޮތުން، ފިޔާ ފޮތިކޮށް ކޮށާލުމަށްފަހު ފެން އެއްޗެއްގއ ތެރެއަށް އަޅާފައި މަކުނު ވާފުރައިން އޮންނަތާ ބެހެއްޓުމުން އެއްޗެހި އެތަނުން ދާނެއެވެ.

މީގެ އިތުރުން، ދިިރިއުޅޭ ތަނުގެ ސާފު ތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވެސް އެކި ޒާތްޒާތުގެ ސޫފިތައް ގޭގައި އާލާވުން ދުރުކޮށްދޭ ކަމެކެވެ. ބަރާބަރަށް ގޭތެރެ ސާފުކޮށް ފެންފޮތި ލައި ސާފުކުރުމުން އެފަދަ ސޫފިތައް ގޭގައި އުޅޭ މިންވަރު މަދުވާނެއެވެެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!