Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގަސްދުގައި ކުރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

މާލޭގައި ރޭ ގަސްދުގައި ކުރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ރޭ ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި، އެ މަގުން އިރުން ހުޅަނގަށް ދިޔަ އެހެން ސައިކަލަކުން ޖައްސައި އެކްސިޑެންޓު ކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 10:28 ހާއިރު ލިބުނު ކަމަށެވެ.

އެ ތަނުން އެއް ސައިކަލް ދުއްވަން އިނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަަމަށާއި އެ ސައިކަލްގެ ފަހަތުގައި 22 އަހަރުގެ އަންހެނަކު ހުރި ކަމަށް ފުލުހުން ބުނެ އެވެ. އަނެއް ސައިކަލް ދުއްވަން އިން މީހާގެ އުމުރަކީ 26 އަހަރެވެ. މި އެކްސިޑެންޓުގައި މަރުވީ 26 އަހަރުގެ އެ ޒުވާނާ އެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ބުނީ، މަރުވީ އަނެއް ސައިކަލްގައި ޖައްސައި އެކްސިޑެންޓު ކޮށްލި ޒުވާނާ ކަމަށެވެ.

އެއް ސައިކަލެއްގައި ތިބި ފިރިހެންމީހާ އާއި އަންހެންމީހާ އަށް ވެސް އަނިޔާވެގެން ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ. އަންހެންމީހާ އަށް ފަރުވާދިނީ އައިޖީއެމްއެޗުގަ އެވެ. ފިރިހެންމީހާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް