ޚަބަރު

މިއީ ރިބަން ކަނޑަން ވަރަށް ކުޅަދާނަ ސަރުކާރެއް: ޝިޔާމް

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރައްވާފައިވާ މަސައްކަތްތަކުގެ ރިބަން ކަނޑަން ވަރަށް ކުޅަދާނެ ސަރުކާރެއް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރި ހުޅުމާލޭގެ ބީޗު ވޮލީ ކޯޓު އިއްޔެ ރަސްމީކޮށް ހުޅުވުމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވޮލީ ކޯޓަކީ މީގެ ދެ އަހަރުކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީކޮށްފައި އޮތް ވޮލީ ކޯޓެއް ކަމަށެވެ.

"މި ސަރުކާރުން ވެލިކޮޅެއް އަޅާލުން ފިޔަވައި ކުރި އިތުރު އެއްވެސް ކަމެއް ނެތް. ރިބަން ކަނޑަން ނިކަން ކުޅަދާނަ ސަރުކާރެއް މިއީ" ޝިޔާމް ވިދާޅުވިއެވެ.

ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ސޯލިހުއެވެ. އަދި ކޯޓު ހުޅުވުއިދެއްވުމަށް ފަހު ރައީސް ސޯލިހު އާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް، މުޙައްމަދު ނަޝީދާއި، ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފު ބައިވެރިވެ ވަޑައިގެން ވަނީ ވޮލީ މެޗެއް ވެސް ކުޅުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!