ޚަބަރު

ޕްރޮބޭޝަންގެ މުއްދަތު 6 މަހަށް އިތުރުކުރުމުން މަސައްކަތްތެރިން އިތުރަށް ނިކަމެތި ވާނެ: އަލީ ހުސައިން

ދެން އެމްވީ ، ދެން އޮންލައިން

ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ މުއްދަތު ނުވަތަ ޕްރޮބޭޝަންގެ މުއްދަތު ހަ މަސްދުވަހަށް އިތުރުކުރުމުން މަސައްކަތްތެރިން މިހާރަށް ވުރެ ބޮޑަށް ނިކަމެތިވާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕްރޮބޭޝަންގެ މުއްދަތު ހަ މަސްދުވަހަށް އިތުރުކުރަން ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވަނީ ޕްރޮބޭޝަންގެ މުއްދަތުކަމުގައި ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް އެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މުއްދަތު ހަ މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހެދުމަށް ހުށަހަޅާފައެވެ.

މިކަމާއި ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތު ތިން މަހުން ހަ މަހަށް އިތުރުވާ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއް ކަމަށެވެ.

"ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް 3 މަހަށް ވުރެ ގިނަދުވަސްވަންދެން ދާއިމީ ނުކޮށް މަސައްކަތް ކުރުވާ." އަލީ ހުސައިން ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ވަނީ އެންމެންގެ ލާބަޔާއި މަންފާއަށް އަދި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަށް ކަށަވަރު ކުރެވޭނެ ފަދަ ގޮތަކަށް މިފަދަ އިސްލާހުތަށް ހުށަހެޅުމަށް ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!