ޚަބަރު

ޕްރޮބޭޝަން މުއްދަތު 6 މަހަށް ބަދަލުކުރުމަކީ އަނިޔާއެއް: ޝުޖާއު

ދެން އެމްވީ ، ދެން އޮންލައިން

ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ މުއްދަތު ނުވަތަ ޕްރޮބޭޝަންގެ މުއްދަތު ހަ މަސްދުވަހަށް އިތުރު ކުރުމަކީ އަނިޔާއެއް ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެމްބަރުން އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕްރޮބޭޝަންގެ މުއްދަތު ހަ މަސްދުވަހަށް އިތުރުކުރަން ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވަނީ ޕްރޮބޭޝަންގެ މުއްދަތުކަމުގައި ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް އެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ އެ މުއްދަތު ހަ މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ހެދުމަށް ހުށަހަޅާފައެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާ ޕްރޮބޭޝަންގެ މުއްދަތު ހަ މަހަށް ބަދަލުކުރުމަކީ އަނިޔާއެއް ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި މިހާރުއޮތް ގޮތަށް ތިން މަހަށް ބަދަލުކުރާނެ ކަމަށެވެ.

ވަޒީފާ ޕްރޮބޭޝަންގެ މުއްދަތު ހަ މަހަށް ބަދަލުކުރުމަކީ އަނިޔާއެއް. ޕީޕީއެމްގެ ސަރުކާރެއްގައި މިހާރު އޮތް ގޮތަށް ތިން މަހަށް ބަދަލުކުރާނަން. އިންޝާﷲ." ޝުޖާއު ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ވަނީ އެންމެންގެ ލާބަޔާއި މަންފާއަށް އަދި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަށް ކަށަވަރު ކުރެވޭނެ ފަދަ ގޮތަކަށް މިފަދަ އިސްލާހުތަށް ހުށަހެޅުމަށް ގޮވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!