ދުނިޔެ

މާލީގެ ކުރީގެ ރައީސް އަވަހާރަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލީގެ ކުރީގެ ރައީސް އިބްރާހިމް ބޫބަކާ ކެއިޓާ (އައިބީކޭ) އަވަހާރަވެއްޖެއެވެ.

Ads by Sosun Fihaara

އުމުރުފުޅުން 76 އަހަރުގައި ރައީސް އައިބީކޭ މިއަދު އަވަހާރަވެއްޖެކަން، އެމަނިކުފާނުގެ އާއިލާއިން ވެސް މިހާރު ވަނީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވައިފައެވެ.

"ރައީސް އައިބީކޭ އަވަހާރަވީ މިއަދު ހެނދުނު 9:00 ޖަހާކަން ހާއިރު. އޭނާ އަވަހާރަވީ ވެރިރަށް ބަމާކޯގައި ހުންނަ އޭނާގެ ގޭގަ ހުންނަވަނިކޮށް" އާއިލާގެ ފަރާތުން ބުނެފައިވެއެވެ.

ރައީސް އައިބީކޭ އަވަހާރަވީ ސިއްޙީ ގޮތުން ކޮން ސަބަބަކާ ހެދިކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކޮރަޕްޝަނަށް "ޒީރޯ ޓޮލަރަންސް" ދެއްކެވި ރައީސް އައިބީކޭ ވަނީ އެ ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް ގިނަގުން މަސައްކަތްތަކެއް ކުރައްވައިފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

2013ވަނަ އަހަރު މާލީގެ ވެރިކަމާ ހަވާލުވި ރައީސް އައިބީކޭ ވަނީ އެމަނިކުފާނުގެ ދައުރުގެ ފަސް އަހަރު ހަމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!