ޚަބަރު

އޯޑިއޯއަކީ އެފްއޭއެމް އިންތިހާބާ ދިމާކޮށް ހިންގާ ގޭސްގަނޑެއް: އަޑުބަރޭ

ދެން އެމްވީ ، ދެން އޮންލައިން

ލީކްވެފައިވާ އޯޑިއޯއަކީ ސައްހަ އެއްޗެއް ނޫން ކަމަށާއި އެއީ އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އަނބުރާ ގޭސްގަނޑެއް ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވަޒީރުންގެ އޯޑިއޯތައް ލީކުކުރާނެ ކަމުގެ އިންޒާރު ކުރިން ދީ، ޓުވިޓާގައި ބައިބަޔަށް އާއްމުކުރި އޯޑިއޯތަކާ ހެދި އަލީ ވަހީދަށް ވަނީ ނުރުހުން އަމާޒުވެފަ އެވެ. އަޑުބަރޭ ވެސް ވާހަކަ ދައްކަވާ އެ އޯޑިއޯގައި، އަލީ ވަހީދު ވަނީ ކެބިނެޓުގައި އެކުގައި މަސައްކަތް ކުރައްވާ އެހެން ބައެއް ވަޒީރުން ވަރަށް ދަށްކޮށްލައްވައި ހުތުރުބަސްތައް ވިދާޅުވެފަ އެވެ.

އޯޑިއޯއާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަޑުބަރޭ ވިދާޅުވީ އެ އޯޑިއޯއަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. އަދި ބްލެކްމެއިލް ކުރެވޭނީ ކުރެވޭވަރު މީހުން ކަމަށެވެ.

"އެފްއޭއެފްގެ އިންތިހާބަށް ބައްސާމްއާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު ނުކުމެދާނެ ކަމުގެ ބިރަށް ޖަވާ އިސްވެ ހުރެ ސިޔާސީ ބަޔަކާއެކު ހިންގާ ގޭސްގަނޑެއް،" އަޑުބަރޭ ވިދާޅުވި އެވެ.

އަޑުބަރޭ ވިދާޅުވީ މައްސަލަ ތަހުގީގު ކުރަންވީ ކަމަށާއި އޭރަށް ހަގީގަތް ސާފުވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުކުރާ އެ އޯޑިއޯތަކަކީ ފޭކް އޯޑިއޯތަކެއް ނޫން ކަމަށާއި އެއީ އަބުރުކަތިލުމުގެ އަމަލެއް ކަމަށް އަލީ ވަހީދު ވެސް ވަނީ ޓްވިޓާ މެދުވެރިކޮށް ވިދާޅުވެފައެވެ.

އޯޑިއޯތަކަކީ ފޭކް ކަމަށް ދެ ބޭފުޅުން ވިދާޅުވި ނަމަވެސް ވަޒީރުންނަށް ނިސްބަތްކުރައްވައި ހުތުރުބަހުން ދެއްކެވި ވާހަކަތަކާއި ސުޕްރީމް ކޯޓަށް ވެހިކަލްތަކެއް ގެނައުން ރިޝަވަތާ ގުޅުވައި ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!