ޚަބަރު

މެޑިކަލް ސެޓްފިކެޓް ނެތި އެއް ދުވަހަށްވެސް ސަލާމުގެ ޗުއްޓީ ނުލިބޭ ގޮތް ހަދަނީ

ދެން އެމްވީ ، ދެން އޮންލައިން

މެޑިކަލް ސެޓްފިކެޓު ނެތި އެއްދުވަހަށްވެސް ސަލާމުގެ ޗުއްޓީ ނުލިބޭ ގޮތަށް ވަޒިފާ އާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

Ads by MWSC

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވަޒީފާ އާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން މެޑިކަލް ސެޓްފިކެޓް ވަޒީފާ އަށް ނިކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމު ވެގެން ނުވެއެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގޮތުން ދެ ދުވަހަށް ވަޒީފާއަށް ސަލާމް ބުނެވޭއިރު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހެނީ ދެ ދުވަހަށްވުރެ އިތުރުވާނަމައެވެ.

މީގެ އިތުރުންވެސް ޕްރޮބޭޝަންގެ މުއްދަތުކަމުގައި ތިން މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށް އޮންނަ އޮތުން 6 މަސް ދުވަހަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!