Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
މުނިފޫހިފިލުވުން

"ޕާރަސްއާއި އަހަރެންނާ ދެމެދު އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުން"

ކަލާސް ޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯ ބިގްބޮސްގެ ތޭރަވަނަ ސީޒަން ވެގެން ގޮސްފައިވަނީ މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެެއް ޝޯއަށެވެ. ބިގް ބޮސް 13 ގެ ބައިވެރިން ކަމަށްވާ ޓީވީ އެކްޓްރެސް މާހިރާ ޝަރްމާ އަދި އެކްޓަރ ޕާރަސް ޗާބްރާ ވެފައިވަނީ ގިނަ ހަބަރުތަކުގެ ފަލަ ސުރުހީ ތަކުން ޖާގަ ހޯދި ދެބައިވެރިންނަށެވެ.

ބިގްބޮސްގެ 13 ވަނަ ސީޒަން ފެށިގެން މާހިރާ ޝޯ އިން ވަކިވުމާއި ހަމައަށް އެދެމީހުންގެ މެދުގައި އޮތީ ކޮން ގުޅުމެއްތޯ އޮޅުންފިލުވުމަށް ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ. ސަޕޯޓަރުންގެ ސުވާލުތަކަށް މާހިރާ މިވަނީ ހޮނިހިރު ދުވަހު ކުރިއަށްދިޔަ ބިގްބޮސް 13ގެ ގްރޭންޑް ފިނާލޭގެ ތެރެއިން "ޕިންކު ވިލާ" އަށް ދިން އިންޓަވިއުއެއްގައި ޖަވާބު ދީފައެވެ.

ޕާރަސް އަދި މާހިރާގެ ގުޅުމާއި ބެހޭ ގޮތުން ސުވާލުކުރުމުން މާހިރާ ބުނީ، އެދެމީހުންގެ މެދުގައި އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުން ކަމަށެވެ. އަދި ޕާރަސް އަށް އިންނާނެ ކުއްޖެއް ހޯދާނީ ކަަލާރސް ޓީވީއިން ރޭ ފެށި "މުޖްސޭ ޝާދީ ކަރޯންގީ" ކިޔާ ޝޯގެ ތެރެއިން ކަމަށްވެސް މާހިރާ ބުންޏެވެ.

Advertisement
Allied Insurance — Square (box)

މާހިރާ އެދެމީހުންގެ މެދުގައި އޮންނަނީ ހަމައެކަނި އެކުވެރިކަމުގެ ގުޅުން ކަމަށް ބުނި ނަމަވެސް، ޕާރަސް ބިގްބޮސްގެ ޝޯ ތެރެއިން މާހިރާ އަށް ހިތްކިޔާ ކަމަށް ބުނެފައެވެ. އަދި ޕާރަސް ބިގްބޮސްގައި ބައިވެރިވިއިރު، ގެންގުޅުނު ލޯބިވެރިޔާ އަކަންޝާ ޕޫރީ އާއިވެސް ވަނީ ރުޅިވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް