Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމަށް ފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަބްދުﷲ ގާޒީގެ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

Advertisement
Ooredoo — Square (box)

"ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން ފެމިލީ ކޯޓުގެ ގާޒީ އަލްއުސްތާޒް އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމި އެވެ،" ބަޔާނުގައި ވެއެވެ.

އަބްދުﷲ ގާޒީ މީގެކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައެވެ. އަދި ޑްރަގް ކޯޓުގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.

އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރައްވާފައިވަނީ 2016 ވަނަ އަހަރުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް