ނެޓްފްލިކްސްއިން މި އަހަރު 25 ކޮރެއަން ޝޯ ނެރެނީ
- މިހައިތަނަށް 94 ގައުމެއްގައި އެންމެ ގިނަ ބަޔަކު ބަލައިފައިވާ ނެޓްފްލިކްސް ޝޯގެ ގޮތުގައި ވެފައިވަނީ ސްކުއިޑް ގޭމް
މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ބެލުންތެރިންގެ މަގުބޫލުކަން ހޯދައިފައިވާ ކޮރެއަން ޝޯތައް ދެއްކުމަށް ނެޓްފްލިކްސްއިން ތައްޔާރުވެއްޖެއެވެ.
ނެޓްފްލިކްސްއާ ހަވާލާދީ ބޭރުގެ މީޑިއާތައް ބުނެފައިވަނީ މި އަހަރު ކޮރެއާގެ 25 ޝޯ ނެރޭނެ ކަމަށެވެ.
2019 ވަނަ އަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު ކޮރެއަން ޝޯތައް ބަލައިފައިވާ ގަޑިތައް ވަނީ ހަގުނަ އިތުރުވެފައެވެ.
މިހައިތަނަށް 94 ގައުމެއްގައި އެންމެ ގިނަ ބަޔަކު ބަލައިފައިވާ ނެޓްފްލިކްސް ޝޯގެ ގޮތުގައި ވެފައިވަނީ ލީ ޖަންގް ޖައެ، ޕާކް ހޭ ސޫން، ޖަންގް ހޯ ޔޮންގެ ރޯލުން ފެނިގެންދާ ސްކުއިޑް ގޭމްއެވެ.
އަދި އެއީ މިހައިތަނަށް ނެޓފްލިކްސްއިން ލޯންޗްކުރި އެންމެ ބޮޑު ޝޯ ވެސްމެއެވެ. ސްކުއިޑް ގޭމްގެ %95 ބެލުންތެރިންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޝޯ ބަލައިފައިވާ މީހުންނަށްވާއިރު، މީގެ ތެރެއިން ގިނަ ބެލުންތެރިން ދިޔައީ ކޮރެޔާގެ އެހެން ކޮންޓެންޓު ވެސް ބަލަމުންނެވެ.
ސްކުއިޑް ގޭމް ނެރުނުތާ ދެ މަސް ފަހުން ނެޓްފްލިކްސްއިން ވަނީ ހެލްބައުންޑް ވެސް ނެރެފައެވެ. އެ ޝޯގެ ޕްރިމިއަރ ގަޑިއަކީ 43.48 މިލިއަން ވިއުވިންގ ގަޑިއެވެ.
"ޔޫ އާ ހް އިން" ފެނިގެންދިޔަ ހެލްބައުންޑް ވަނީ 93 ގައުމެއްގައި ނެޓްފްލިކްސްގެ އެންމެ މޮޅު 10 ޝޯގެ ތެރޭގައި ހިމެނި، 34 ގައުމެއްގެ އެއްވަނައަށް ޖެހިލައިފައެވެ. ސައިންސް ފިކްޝަން ކެމިސްޓްރީއެއް ކަމަށްވާ ދަ ސައިލެންޓް ސީ، ވަނީ ޕްރިމިއަރ ކުރުމަށް ހަފްތާއަކު ނޮން އިންގްލިޝް ޓޮޕް 10 ލިސްޓްގެ އެއްވަނައަށް ވެސް އަރައިފައެވެ. މި ޝޯގެ ސްޓާރުންނަކީ ބޭ ޑޫނާ އާއި ގޮންގް ޔޫއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮރެއަން ޝޯތަކަށް ލިބިފައިމިވާ ޝައުގުވެރިކަމުގެ ކްރެޑިޓް ދޭނީ ކޮރެއާގެ ހުނަރުވެރި އުފެއްދުންތެރިންނަށް ކަމަށް ނެޓްފްލިކްސް ކޮރެއާއިން ވަނީ ބުނެފައެވެ.
2016 ވަނަ އަހަރުން ފެށިގެން 2021ވަނަ އަހަރުގެ ނިޔަލަށް ނެޓްފްލިކްސްއިން ވަނީ ކޮރެއާގެ 130އަށް ވުރެ ގިނަ ޝޯ ލޯންޗުކޮށްފައެވެ. އަދި 2022ވަނަ އަހަރު ކޮރެއާގެ 25އަށް ވުރެ ގިނަ ޝޯ ލޯންޗް ކުރާނެއެވެ.
މި އަހަރު ބެލުންތެރިން އިންތިޒާރުކުރަންވީ ކޮރެއަން ޝޯތަކުގެ ތެރޭގައި “އޯލް އޮފް އަސް އާ ޑެޑް”އާއި، “މަނީ ހަައިސްޓް ކޮރެޔާ” ހިމެނެއެވެ.