ޚަބަރު

އިންސްޕެކްޓާ އޮފް ކަރެކްޝަންގެ މަގާމަށް ނޫރާ ހަމަޖައްސައިފި

އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ހ.ނޫމުތީ، އައިޝަތު ނޫރާ މުހައްމަދު ހަމަޖައްސައިފިއެވެ.

ނޫރާ އެ މަގާމަށް ހަމަޖެއްސުމާ އެކު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އޭނާއާ ބައްދަލުކުރައްވާފައެވެ. ނޫރާއަކީ މާސްޓާސް އޮފް އާރޓްސްއިން އިންޓަރނޭޝަނަލް ސްޓަޑީޒްް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ނޫރާ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުހައްމަދުފުޅު ކަމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ނޫރާ އެންމެފަހުން އަދާކުރެއްވީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!