ޚަބަރު

މިއަދު ފައްސި ވީ މީހުންގެ އަދަދު އިއްޔެއަށް ވުރެ ގިނަ، ހާލަތު ވަނީ އިތުރަށް ގޯސް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 2،199 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 1348 މީހުންނެވެ. އަދި އަތޮޅުތެރެއިން 531 ވޭދަނައާއި ރިސޯޓުތަކުން 83 ވޭދަނަ ފެނިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކޮވިޑްގެ ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު އުޅެނީ 10،537 ވޭދަނައެވެ. މިއަދު ފައްސިވި މީހުންނާ އެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 110،931އަށް އަރައިފައެވެ.

މިހައިތަނަށް މި ބަލިން 100،112 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 43 މީހަކަށެވެ. މި ބަލީގައި 269 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު ނިޔާވީ މިއަދުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!