ވިޔަފާރި

އޭސީސީއޭގެ އެމްޕްލޯޔާ ސްޓޭޓަސް އެސްޓީއޯއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެސްޓީއޯގެ އިމާރާތް. ދެން ފައިލް ފޮޓޯ
ދަ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓް (އޭ.ސީ.ސީ.އޭ)ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ލިބިއްޖެއެވެ.

އެސްޓީއޯއަށް ލިބިފައިވަ ނީ އޭސީސީއޭގެ ސްޓޭޓަސްއިން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލާއި ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޕްލެޓިނަމް ލެވެލްއެވެ.

Ads by STELCO

އޭ.ސީ.ސީ.އޭ އެޕްރޫވްޑް އެމްޕްލޯޔަރ ސްޓޭޓަސްއަކީ، އެސްޓީއޯގައި ވަޒީފާ އަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް ކުންފުނިން ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަގީންކޮށްދޭ ކަމެކެވެ.

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯއަށް ލިބުމުން އެ ކުންފުނީގައި ވަޒީފާއަދާކުރާ އޭސީސީއޭ މެންބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕަމަންޓް (ސީޕީޑީ)ގެ ޝަރުތުތަކުގެ އިތުރުން ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޝަރުތުތަށް ފުރިހަމަ ވެގެންދާނެއެވެ.

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، ދާދިފަހުން އެމްޓީސީސީއަށް ވެސް ލިބިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!