ޚަބަރު

މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ހިންގާ ބޯޑު އަލުން އެކުލަވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑް" ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރައްވައި، އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.

Ads by MWSC

މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓެވުމަށް އުފައްދަވާފައިވާ މާލެ ހޮސްޕިޓަލްސް ގަވަނިން ބޯޑްގެ ނަން މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް އަށް ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ބޯޑު އަލުން އެކުލަވައިލައްވާފައި ވަނީ 30 ޖަނަވަރީ 2020 ގައެވެ.

އަލަށް އެކުލަވާލި ބޯޑުގައި ހިމެނޭ ބޭފުޅުންނަކީ:

  1. ޑރ ޢަބްދުލްޢަޒީޒު ޔޫސުފް (ވ. އަކީލާ)
  2. ނ.ޢ.ޢ.ވ. އަނީސާ އަޙްމަދު (މ. ލޮނުވެލި)
  3. ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)
  4. ޑރ އިސްމާޢީލް ޝަފީޢު (މ. ޕޮޕީ)
  5. އަލްފާޟިލް ޙާމިދު ޞާދިޤު (އަލިހިޔާގެ، ޅ. ނައިފަރު)
  6. އަލްފާޟިލް ޢަބްދުލްމާޖިދު (ގ. ކްރީމްގެ
  7. އަލްފާޟިލާ ޢާޠިފާ އިބްރާހީމް (މ. ދެބުދާރު)
  8. އަލްފާޟިލް އިބްރާހީމް ސަލީމް (މއ. ބަންދުގެ)
  9. އަލްފާޟިލާ މާރިޔާ ސަޢީދު (މއ. ކޮށީގެ)

ޑރ. ޢަބްދުލްޢަޒީޒު ޔޫސުފް ޢައްޔަނު ކުރައްވާފައި ވަނީ މި ބޯޑުގެ ޗެއާމަންގެ މަޤާމަށެވެ. އަދި، މި ބޯޑުގެ ވައިސް ޗެއާމަންގެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ އަނީސާ އަޙްމަދެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!