ޚަބަރު

ކްރޮސްރޯޑް ކައިރިން ޔޮޓެއް ފަރަށް އަރައިފި

ދެން އެމްވީ ، ދެން އޮންލައިން

ކްރޮސްރޯޑް ރިސޯޓު ކައިރިން ޔޮޓެއް ފަރަށް އަރައިފިއެވެ.

Ads by STELCO

އެމްއެންޑީއެފުމް ބުނީ ޔޮޓް ފަރަށް އަރާފައިވަނީ ވާދޫ ކަނޑު އޮޅި ކައިރިން " ޖުވެލް" ނަމަކަށް ކިޔާ ޔޮޓެއް ކަަމަށާއި އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިރޭ 09:09 ގައި ކަަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ފަރަށް އެރި ބޯޓުގެ ސަރަހައްދުގައި ކޯސްޓު ގާޑުގެ ސްކުއެޑްރޮން އިން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ޔޮޓުގައި ފަސް ފަޅުވެރިން ފިޔަވައި އިތުރު މީހަކު ނެތް ކަމަށާއި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!