މުނިފޫހިފިލުވުން

ސަލްމާން ހާން ބިގްބޮސް ހުށަހެޅުން ހުއްޓާލަނީތަ؟

ދެން އެމްވީ ، ދެން އޮންލައިން

ސަލްމާން ހާން ހުށަހަޅައިދިން ކަލަރސް އިން ދެއްކި ރިއަލިޓީ ޝޯ ކަމަށްވާ ބިގްބޮސްގެ 13 ވަނަ ސީޒަން ވަނީ މިދިޔަ ހޮނިހިރު ދުވަހު ނިންމާލާފައެވެ. ބިގްބޮސްގެ މިފަހަރުގެ ސީޒަން ވެގެން ގޮސްފައިވަނީ، ތާރީހީ ބޮޑު ކާމިޔާބީއެއް ހޯދި ސީޒަން އަކަށެވެ.

Ads by Sosun Fihaara

މިފަހަރުގެ ސީޒަން ވެގެންގޮސްފައިވަނީ، ބައިވެރިންގެ މެދުގައި ވަރަށް ބޮޑެތި، މައްސަލަތައް ޖެހި އެކަކު އަނެކެއްގެ އާއިލާއަށް ބެހި ވަރަށް ގިނަ ބޭއަދަބީ ކަންތައްތަކެއް ހިނގި ސީޒަން އަކަށެވެ. ބިގްބޮސްގެ 13 ވަނަ ސީޒަން ސިދާތު ޝުކުލާ ކާމިޔާބު ކުރުމުންވެސް ގިނަ އަދަދެއްގެ އާއްމުން ދަނީ ޓްވީޓަރ ގައި ނުރުހުން ފާޅުކުރަމުންނެވެ. ސަލްމާން ހާންވެސް ވަނީ މިފަހަރުގެ ސީޒަންގައި އޭނާ ހިތްހަމަ ނުޖެހޭ ގޮތަށް ވަރަށް ގިނަ ކަންކަން ހިނގި ކަމަށް އެތައް ފަހަރަކު ޝޯގެ ތެރެއިންވެސް ބުނެފައެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައި ވާގޮތުގައި، ޝޯގެ އެއްވަނަ ސިދާތް ޝުކްލާއަށް ދިނުމުން ސަލްމާން ހާން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އޭގެ ސަބަބުން ޝޯގެ ނަތީޖާ ފާޅުކުރުން ވަރަށް ލަސްވެގެން ގޮސް، ނަތީޖާ ފާޅު ކުރެވުނީ އެރޭ 12:00 ހާއިރެވެ. ސަލްމާން ހާން މިވަނީ އެގޮތަށް ކަންތައް ދިމާވުމުން ބިގްބޮސް ގެ 14 ވަނަ ސީޒަން ހުށަނާޅާނެ ކަމަށް ބުނެފައެވެ.

ސިދާތް ޝުކްލާ ޝޯ ކާމިޔާބު ކުރިއިރު، ސިދާތް އާއި އެންމެ ކައިރިން ވާދަކުރީ އާސިމް ރިއާޒްއެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، އެ ޝޯގެ ހަގީގީ ތަރިއަކީ އާޒިމް ރިއާޒްއެވެ. ސިދާތް އަށް ޝޯ ކާމިޔާބު ކުރެވުނީ "ތަބަކަކަށް ލާފައި" އޭނާއަށް ދިނުމުން ކަމަށްވެސް ގިނަ އާއްމުން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!