ޚަބަރު

އަޅުގަނޑުގެ މައްޗަށް ވެސް ތަހުގީގު ހިންގަވާ، ހަގީގަތް ފެންނާނެ: އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ލީކުވެގެން އުޅޭ އޯޑިއޯތަކާއި ގުޅިގެން ތަހުގީގެއް ހިންގެވުމަށާއި އޭރުން ހަގީގަތް ފެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަލީ ވަހީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާންމުވަމުން އަންނައިރު އެ އޯޑިއޯތަކުގައި ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.

އެކަމާ ގުޅިގެން އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

އަލީ ވަހީދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށާއި މިއީ އެކި އަޑު އެކި ގޮތަށް ގެނެސް ރޭވިގެން ހިންގާ ހުތުރު ޖަރީމާއެއް ކަމަށެވެ.

"ފުރިހަމަ ތަހުގީގެއް ކުރުމުން ހަގީގަތް ސާފުވާނެ. އަޅުގަނޑުގެ މައްޗަށް ވެސް ތަހުގީގު ހިންގަވާ. ހަގީގަތް ފެންނާނެ" އަލީ ވިދާޅުވިއެވެ.

އަލީ ވަހީދުގެ މި އޯޑިއޯތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ނުވަތަ އަމިއްލަ އަށް އިސްތިއުފާ ދެއްވުމަށް މިހާރު ދަނީ ގޮވައިލަމުންނެވެ. ނަމަވެސަ ސަރުކާރުން މިކަމާ މެދު އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!