ރާއްޖެ އެތެރެކުރި 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
އެ ދެމީހުންގެ އަތުން މަސްތުވާތަކެތި ފެނުނީ، އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން، އެ ދެމީހުންގެ ލަގެޖު ބަލައިފާސްކުރި އިރު ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން ބުނީ އެމީހުންގެ ލަގެޖުން ފެނުނު އެއްޗެހި ފުރަތަމަ މަރުހަލައިގައި ޓެސްޓުކުރި އިރު، ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ދެ މީހުންގެ އަތުން 4.2 ކިލޯގެ ޑްރަގް ވަނީ އަތުލައިގެންފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން މީހާގެ ލަގެޖުން 1.7 ކިލޯގެ ކޮކެއިން އަދި އަންހެން މީހާގެ ލަގެޖުން 2.5 ކިލޯގެ ކޮކެއިންއެވެ.
ކަސްޓަމްސްއިން ބުނީ، އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.