ޚަބަރު އިޖުތިމާޢީ

އައްޑޫން އިއްޔެ ފައްސިވީ 144 މީހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީން އިތުރު 144 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by STELCO

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައިޖުމްލަ 5،480 މީހުން ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެނީ އެކަކަށެވެ. އައްޑޫން މިބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫ ސިޓީން މިހައިތަނަށް ޖުމްލަ48،275 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 325 މީހުން ވަނީ ފާހަގަކުރެވިފައެވެ. އިއްޔެ އެސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 255އެވެ.

އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން، މަގުމައްޗާއިއާންމުތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި،ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!