ޚަބަރު

އިދިކޮޅު ކެންޑިޑޭޓަކީ ހަމައެކަނި ޔާމީން: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓު އޮތީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅު ކޯލިޝަން މިހާރު އޮތީ ކޮޅު ބެދިފައިވާ މަގެއްގައި ކަމަށާއި އެކަމުން ސަލާމަތްވުމަށް އެހެން ވިސްނުމެއް ހޯދަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

މިކަމަށް ރައްދު ދެއްވައި ރޭ އިދިކޮޅު ކޯލިޝަނުން ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ބައިބައި ކުރަން ސަރުކާރު ކޯލިޝަންގެ ތެރެއިންނާއި އެހެން ގޮތްގޮތުން ބަޔަކު މަސައްކަތް ކުރިޔަސް ކާމިޔާބެއް ނުވާނެ ކަމަށެވެ. އެ ކޯލިޝަންގެ އަމާޒަކީ 2023 ވަނަ އަހަރުގެ ޔާމީން ވެރިކަމަށް ގެނައުން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ރިޔާސީ ޓިކެޓް ނުލިބޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިދިކޮޅު ކޯލިޝަން އޮތީ ކޮޅު ބެދިފައިވާ މަގެއްގައި ނޫން. މި ކޯލިޝަން ދަތުރު ކުރަމުން ދަނީ މަންޒިލް ސާފުކޮށް ފެންނަން އޮވެގެން. އަދި ކޯލިޝަންގެ ލީޑާޝިޕްގައި ތިބީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ހިތްވަރު ހުރި ބޭފުޅުން. ހަނު ތިބުމަށް ފަހު ކުއްލިއަކަށް ނިކުމެ މިއަދު ބަޔަކު ދައްކާ ވާހަކައަކުން އެ ކޯލިޝަންގެ ވިސްނުން ބަދަލު ނުވާނެ." އަދުރޭ ވިދާޅުވިއެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމާ އެކު ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ގާނޫނީ ހުރަސްތަކެއް މެދުވެރިވެފައި ވަނިކޮށް، 2023 ގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ޕީޕީއެމާއި ޕީއެންސީން ވަނީ ނިންމައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!