ސްޕޯޓްސް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

"މޯލްޑިވްސް ސްޕޯޓްސް އެވޯޑް"އަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެވޯޑަށް ނަން ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި އެތްލީޓް އޮފް ދަ އިޔަރ އެވޯޑް، ސްޕެޝަލީ އޭބަލްޑް އެތުލީޓް އޮފް ދަ އިޔަރ އެވޯޑް، ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް، މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ) އަދި ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް ހިމެނެއެވެ.
މީގެ އިތުރުން މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް، މޭލް އެންޑް ފީމޭލް ކޯރޗް އޮފް ދަ އިޔަރ އެވޯޑް، މޯސްޓް ޕްރޮމިސިންގ ޔަންގް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން) އެވޯޑް ހިމެނެއެވެ.
ޔޫތު މިނިސްޓްރީން ވިދާޅުވީ މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 14:00ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ސްޕޯޓްސް އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17ވަނަ ދުވަހުއެވެ.