ވީބީ މާޓް ފިހާރަ ފަޅައިލައިފި

މާފަންނުގައި ހުންނަ ވީބީ މާޓް ފިހާރަ ފަޅާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިހާރަ ފަޅައިލައިފައި ވަނީ މިއަދުގެ ހުކުރު ނަމާދު ގަޑީގައެވެ. މަޖީދީ މަގުގައި ހުންނަ އެ ފިހާރަ ފަޅައިލައިފައި ވަނީ މައި ދޮރު ހަލާކު ކޮށްލައިގެންނެވެ.
އެ ސަރަހައްދުގައި ހުރި ފަރާތަކުން "ދެން"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ފިހާރައިގެ ކޭޝް ރެޖިސްޓަރު ވެސް ފެނިފައިވަނީ މަގުމަތިން ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ފިހާރަ ފަޅައިލައިގެން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.